ވީޑިއޯ ފޮޓޯ ވާހަކަ ވިޔަފާރި ދުނިޔެ ރިޕޯޓް ޚަބަރު ފުރަތަމަ ސަފުހާ
 
ޔާމީނަށް އެންޓި ކެމްޕޭން ނުކުރާކަން ހާމަކުރުމަށް އުމަރު މަސައްކަތް ކޮށްފި
08-01-2013 22:36:13
 
ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓަކަށް ވާދަކުރާނެކަމަށް ވިދާޅުވެފައިވާ ޢަބްދުﷲ ޔާމީނަށް އެންޓި ކެމްޕޭން ނުކުރާކަން ހާމަކުރުމަށް އެޓިކެޓަށް ވާދަކުރައްވާނެ ކަމަށް ވިދާޅުވެފައިވާ އުމަރު ނަސީރު މަސައްކަތް ކުރައްވައިފިއެވެ.

ދެމީހުންގެ ދެމެދުގައި ކޯޅުންތައް ބޮޑުވެފައިވާއިރު އުމަރު މިގޮތައް މަސައްކަތް ކުރެއްވީ އޭނާ ޔާމީނަށް އެންޓި ކެމްޕޭން ކުރާކަމަށް ދެކެވޭ ވާހަކަތަކަށް ރައްދުދީ ނެރެފައިވާ ބަޔާނެއްގައެވެ.

އުމަރު ނަސީރުގެ ކެންޕެއިން ސްޕޯކްސް ޕާރސަން ޢަބްދުﷲ ސިނާން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޕީ.ޕީ.އެމް. ޕްރައިމަރީގައި ވާދަކުރައްވާ ޢުމަރު ނަޞީރު އެބޭފުޅާއާ ވާދަވެރި އަނެއް ކެނޑިޑޭޓާއި ދެކޮޅަށް އެންޓި ކެމްޕެއިން ކުރަމުން ދާ ވާހަކަ މާލެތެރޭ ފެތުރެމުންދާކަމަށެވެ.

އެބަޔާނުގައި ބުނެފައިވަނީ ޕީ.ޕީ.އެމް ގެ ޕްރައިމަރީގައި ވާދަކުރައްވާ އަލްފާޟިލް ޢުމަރު ނަޞީރު އެއްވެސް ކެނޑިޑޭޓަކާ ދެކޮޅަށް އެންޓި ކެމްޕެއިން އެއް ނުކުރައްވައެވެ. އަދި ނުވެސް ކުރައްވާނެއެވެ. އަދި އެސް އެމް އެސް، ސޯޝަލް މީޑިއާ އިން ނުވަތަ އެނޫން އެހެން ޒަރިއްޔާއަކުންވެސް ވާދަވެރި އަނެއް ކެނޑިޑޭޓާ ދެކޮޅަށް އެންޓި ކެމްޕެއިން ކުރުމަކީ އެބޭފުޅާ އެކަމަށް ތަރުޙީބުދެއްވާކަމެއް ނޫން ކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ޢުމަރު ނަޞީރު ބޭނުންކުރައްވާ ރަސްމީ ޓްވިޓާރ އެކައުންޓް ތަކާއި އަދި އެސް އެމް އެސް ފޮނުއްވުމަށް ބޭނުންކުރައްވާ މޮބައިލް ނަމްބަރުތައްވެސް އެބަޔާނުގައިވަނީ އާއްމުކޮށްފައެވެ.

ނަމަވެސް ދެކެނޑިޑޭޓުންގެ ކެމްޕޭން ޢަމަލްތަކާއި ބަހުގެ ހަމަލާތަކުން ދެކެނޑިޑޭޓުންވެސް އެންޓިކެމްޕޭން ކުރައްވާކަމުގެ ތުހުމަތުތައް ގިނަބަޔަކު ދަނީ ކުރަމުންނެވެ.
 
 
 


 
All the rights are reserved by MoonLight
Contact: contact@moonlight.com.mv